ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދިނުމުގެ ކެމްޕޭނެއް ފަށައިފި

ވިލިމާލޭގައި ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން ފަރާތެއް ހައްޔަރުކުރެވިއްޖެ

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދެވުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން ފަރާތެއް ހައްޔަރުކުރެވިފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވިފައިވަނީ:

1. ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30 އަހަރު)
2. މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43 އަހަރު)
3. ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހ ޝިހާބް (45 އަހަރު)

މި މަހުގެ 9 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އިސްވެދެންނެވުނު ފަރާތްތައް ހައްޔަރުކޮށް ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެޭ އެއްޗެހި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގްރާމެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ކަމަށް ޝައްކުކުރެވޭ 241,000 ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާވެސް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސިމްރާޙް (43 އަހަރު) އާއި ޞަލާޙު ޝިހާބް (45 އަހަރު) 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް އިބްރާހީމް އިމާދު (30 އަހަރު) ކޯޓުން ވަނީ ދޫކޮށްލާފައެވެ. މި ނިންމުމާ ގުޅިގެން، އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ސަލާމަތާގުޅޭ ދިރާސާކުރުމަށް އެމްއެންޔޫއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް

990

އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

990

ލަންކާގެ ބޯޓުން ހައްޔަރުކުރި މީހުން ފުލުހުންނާ ހަވާލުކޮށްފި

990

އެންއައިސީން ތަހުގީގް ކުރާ ފުލުހުންގެ މައްސަލަތަކުގެ މައުލޫމާތު ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

TTH_advertisement