ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފަޤީރުންގެ ލިސްޓް ޢާންމުކޮށްފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފަޤީރުންގެ ލިސްޓް ޢާންމުކޮށްފިއެވެ. މިދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުވެސް 50 ފަޤީރުންނަށް މި ފުރުޞަތު ދެވިފައިވެއެވެ. މި ފަރާތްތައް ހޮވާފައިވަނީ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ، ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަދީލް ވިދާޅުވި ގޮތުގައި، މިއަހަރު ޙައްޖަށް ދިއުމަށް 302 ފަރާތަކުން ޝަރުޠު ހަމަވިއެވެ. މީގެ ތެރެއިން ގުރުއަތުން ހޮވިފައިވަނީ ޙައްޖަށް ދިއުމުގެ ޖާގަ ކަށަވަރުވެފައިވާ 50 ފަރާތާއި، އިތުރު ޖާގައެއް ލިބިއްޖެނަމަ ފުރުޞަތު ދިނުމަށް ހޮވުނު 10 ފަރާތެވެ.

މި ލިސްޓް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓް ގައި ޝާއިޢުކުރެވިފައިވެއެވެ.

https://islamicaffairs.gov.mv/documents/29103
ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދިނުމުގައި ބަލާ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
– އުމުރުން 50 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށްވުން
– ކުރިން ފަރުޟު ޙައްޖެއް އަދާކޮށްފައި ނުވުން
– ޞިއްޙީ ޙާލަތު ތަންދިނުން

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅައިގެންނާއި އަދި ސީދާ އެފަރާތްތަކާ ގުޅައިގެން މަޢުލޫމާތު އެއްކޮށް، އެފަރާތްތަކުގެ ޙާލަތު ދެނެގަނެފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި 1000 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ވަޢުދުގެ ދަށުން ކުރެވޭ މަސައްކަތެއްކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަޤުފް މަޝްރޫޢު ފެށުމަށް ރައީސް ނިންމަވައިފި

ޤައުމީ ޤުރުއާން މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައިފި

TTH_advertisement