ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ ޑރ. ޝަހީމް!

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެ މިރޭގެ ފޯރަމްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ތަޤުރީރު ކުރައްވާނެއެވެ.

މިރޭގެ ފޯރަމްގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ “އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު” މި މަޢުޟޫއަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގައެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައިވެސް ތަޤުރީރު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ