ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ އެކު ވާހަކަ ދެއްކުމަށް ޒެލެންސްކީ ސަޢޫދީއަށް ވަޑައިގެންފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސަބަބެއް ނެތިއެއް ނޫނެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޔޫކްރެއިން އަދި އެމެރިކާގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމުގެ ކުރިން މި ބައްދަލުވުން ބޭއްވުނެވެ.

އެމެރިކާއިން އުންމީދު ކުރަނީ މި ބައްދަލުވުމުން ޔޫކްރެއިން އަދި ރަޝިޔާގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާހަގަކުރެވޭފަދަ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެމެރިކާއިން މިހާރު ގެންގުޅޭ ސިޔާސަތަކީ ހަނގުރާމަ އަވަހަށް ނިންމުމެވެ. މިގޮތުން އެމެރިކާއިން ވަނީ ރަޝިޔާއާ ސީދާ މުޢާމަލާތްތައް ފަށައި، ޔޫކްރެއިނަށް ދެމުން އައި ސިފައިންގެ އެހީތެރިކަމާއި އިންޓެެރިކަމާއި އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުން ހުއްޓާލާފައެވެ.

ޔޫކްރެއިނުން މިހާރު ބޭނުންވަނީ އެމެރިކާއާއެކު “ޕްރެގްމެޓިކް” ގުޅުމެކެވެ. މިއީ ފާއިތުވި މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުނު ބައްދަލުވުމެއް ނާކާމިޔާބުވެ، ދެ ފަރާތުގެ ދެމެދުގައި ހަރުކަށި ބަހުސްތަކެއް ހިނގުމަށްފަހު ނިންމި ނިންމުމެކެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރަޝިޔާގެ އިންވޭޝަނަށްފަހު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޤައުމެކެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ގައިދީން ދޫކޮށްލުމުގެ މަސައްކަތާއި، ފާއިތުވި މަހު މޮސްކޯ އަދި ވޮޝިންގްޓަންގެ މެދުގައި ބޭއްވުނު މަޝްވަރާތައް ހިމެނެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ އަދި ޔޫކްރެއިންގެ އިސްވެރިންގެ ބައްދަލުވުމަކީ ޒެލެންސްކީގެ ނާކާމިޔާބު ވައިޓް ހައުސް ޒިޔާރަތަށްފަހު ބޭއްވޭ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ޓްރަމްޕްގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ މިެފައިވަނީ މި ބައްދަލުވުމާ މެދު އޭނާގެ އުންމީދުތައް ބޮޑު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި