ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

32 ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ވެމްކޯއާ ހަވާލުކޮށްފި

S22

ރާއްޖޭގެ 32 ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ވެމްކޯއާ ހަވާލުކޮށްފިއެވެ.

އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 32 ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރަން ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރީ އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހީމެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރަން ނިންމާފައި ވަނީ ކޮން ރަށްތަކެއްގައި ކަމެއް އަދި ހާމައެއްނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

wamco

ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި

767

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

wamco

މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދު: ވެމްކޯ

wamco

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަނީ