ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް އަދި ވަޠަނެއް ދެމި ނޯންނާނެ: ރައީސް

STO_Ads
TTH_Ads
Advertisement

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް އަދި ވަޠަނެއް ދެމި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހާއްސަ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ އަދި އެނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި މުޖްތަމަޢެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށެވެ. އަދި އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް އަދި ވަޠަނެއް، ދެމި ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމެއްގެ ދެމިއއޮތުމާއި ކުރިއެރުމަށް އަންހެނުންގެ ދައުރާއި ބާރުވެރިކަމަކީ އަސާސީ ބިންގަލެކެވެ. ދިވެހި ސަރުކާރުގެ އިސް ސިޔާސަތުތަކުގެ ތެރޭގައި، މުޖުތަމަޢުގައި އަންހެނުންނަށް ލަށް ލިބޭ ފުރުޞަތުތައް ފުޅާކޮށް، ސަރުކާރު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއެކު، އަންހެނުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި އަދި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ހެދުން ހިމެނެއެވެ.

HajjCop_ads
Advertisement

ދިވެހި ތާރީޚުގެ އެންމެ ކުރީ ޒަމާނުއްސުރެ، އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ޤައުމީ އަދި އިޖުތިމާޢީ ކަންކަމުގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރެވިފައިވެއެވެ. ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ޤަރުނުތަކެއް ވަންދެން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބައެކެވެ. އަދި ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ޚިދުމަތްކުރާ މަދަދުގާރުންނެވެ.

މިއަދު، ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ދާއިރާފަދަ، މުޖުތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު ދާއިރާތަކުގައި ގިނައީ އަންހެން ޚިދުމަތްތެރިންނެވެ. ހަމައެހެންމެ، ކުޅިވަރުގެ މައިދާނުގައިވެސް ދިވެހި އަންހެން ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެއިތުރުން، މަތީ ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އަންހެން ދަރިވަރުން ވަނީ އިސްދައުރެއް އަދާކުރަމުންނެވެ.

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކަށް ދެއްވާފައިވާ މަތިވެރި މަޤާމާއި، އަންހެނުންނަށް އޯގާތެރިވުމުގެ މުހިންމުކަން ފާހަގަކުރުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތް އުފުލައި، އެބޭފުޅުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ދިވެހި އަންހެން ދަރީންގެ ޚިދުމަތާއި ހިތްވަރަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެއެވެ. އަދި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު މެނުވީ ޤައުމެއްގެ ފުރިހަމަ ކުރިއެރުމެއް ނޯންނާނެކަން ޔަޤީނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި