ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އުލްޔާ އައުކޮށްފި

އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް ލޯންގްކޯސް އިވެންޓުގެ ޤައުމީ ރެކޯޑު އާކުރުމަށް ދިވެހި ފެތުންތެރިޔާ އާއިޝަތު އުލްޔާ ޝާއިގު ވަނީ ކާމިޔާބު ވެފައެވެ.

އޮސްޓްރޭލިއާގެ ދަ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކްލަބް (ޔޫ.ޑަބްލިއު.އެސް.ސީ) ގެ ކްލަބް ނައިޓް ނަންބަރު 5 ގައި ބޭއްވުނު މުބާރާތެއްގައި އުލްޔާ ވަނީ މި އައު ރެކޯޑު ޤާއިމުކޮށްފައެވެ. އޭނާ މި ރޭސް ފުރިހަމަކުރީ 1 މިނެޓާއި 4.32 ސިކުންތުގެ ފާހަގަކޮށްލެވޭ ވަގުތެއްގައެވެ.

މީގެ ކުރިން މި އިވެންޓުގެ ޤައުމީ ރެކޯޑު އޮތީ އަމްނާ ތަޒްކިޔާ މިރުޞާދުގެ ނަމުގައެވެ. އޭނާ މި ރެކޯޑު ޤާއިމުކުރީ 2022 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު އެ ޤައުމުގެ ނެޝަނަލް އަދި ޖޫނިއަރ ނެޝަނަލް ލޯންގްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްގައި 1 މިނެޓާއި 5.03 ސިކުންތުގެ ވަގުތަކުންނެވެ.

އުލްޔާގެ މި އައު ރެކޯޑަކީ ކުުރީގެ ރެކޯޑަށްވުރެ 0.71 ސިކުންތު އަވަސް ވަގުތެކެވެ. މިއީ ދިވެހި ފެތުންތެރިންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން އިތުރަށް ހާމަކޮށްދޭ ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަނޫޝާ
އުލްޔާ ހިއްވަރަށް ސާބަސް!
އ އިދުރީސް
އުލްޔާ އަށަ މަރުހަބާ މަރިހަބާ، އެސޯސިއޭޝަން ގެ ވެރިންނަށް ވެސް މަރުހަބާ!
ފ ފާއިޒް
އުލްޔާ އަދިވެސް އިތުރަށް ކުރިޔަށްދޭ، މަރުހަބާ
އ އާދިލް
އުލްޔާ ތިޔައީ ގައުމީ ފަޙުރެއް، މަރުހަބާ!
އ އަލީ އީސާ
100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އުލްޔާ އަށް މަރުހަބާ! އުފާވޭ ދިވެއްސެއްގެ ހައިސިއްޔަތުން ތިހޯދާ ރީތިނަމަށް . މަރުހަބާ!

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި