ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެވަނަ އެއާބަސް ކުއްޔަށް ނަގަން ކުރި އިއުލާނުގެ މުއްދަތު މޯލްޑިވިއަނުން އިތުރުކޮށްފި

TTH_Ads
STO_Ads
Advertisement

ގައުމީ އެއާލައިން، މޯލްޑިވިއަން އެއާލައިންއިން އޭ330-200 މަރުކާގެ ދެވަނަ މަތިންދާބޯޓެއް ކުއްޔަށް ނަގަން ކުރި އިއުލާނުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއާބަސް އޭ-330 މަރުކައިގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ކުއްޔަށް ނަގަން ބޭނުންވަނީ އޮޕަރޭޓިން ލީސް އުސޫލުން ކަމަށް ވެސް ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އެ ބޯޓުގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިން ހުންނަން ޖެހޭނެ ކަމަށާއި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިއުލާނުގައި އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަނޑި ހިމަނައިފައެއް ނުވެއެވެ.

HajjCop_ads
MMA_Ads
Advertisement

މޯލްޑިވިއަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގެ ހުކުރު ދުވަހުގެ 23:59ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިދިޔަ ޖެނުއަރީ މަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއާބަސް އޭ-330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އެ ބޯޓު ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ވަނީ ދަތުރުތައް ފަށައިފައެވެ.

މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ވަނީ ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު ގެނެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ދެވެން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބޯޓު ހާއްސަކުރާނީ ޔޫރަޕުގެ މަންޒިލުތަކަށް ދަތުރުކުރުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ބައިނަލްއަޤުވާމީ އެކި މަންޒިލުތަކަށް މޯލްޑިވިއަންގެ ދަތުރުތަކާއި އެކު ބޮޑު ކާމިޔާބީތަކެއް!

maldivian

އުތުރުގެ ތިން އަތޮޅެއް ވައިގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

maldivian

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

އައިޓީބީ ޗައިނާ 2026: މޯލްޑިވިއަނުން ކާމިޔާބު މަސައްކަތެއް