ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްދާނެ

އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްދާނެކަމަށް ދިފާޢީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި، ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް، އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10:00 އިން އަނެއް ދުވަހުގެ ފަތިހު 1:00 އަށް ތަމްރީނުތައް ކުރިއަށްދާނެއެވެ.

ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައެވެ. މި ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެ

އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލަނީ

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި: ޗީފް އޮފް ޑިފެންސް ފޯސް

TTH_advertisement