ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ޓާމިނަލާއި ހެންވޭރު ޓާމިނަލް، ލޯންޗު ފެރީތަކަށް ހުޅުވާލަނީ

Large 153453252944ucav
މާލެއިން ރަށްރަށަށް މީހުން ފުރުން — ފޮޓޯ: ސަން

އެމްޓީސީސީން އޮޕަރޭޓުކުރާ މާލޭގެ ފެރީ ޓާމިނަލްތައް، މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗު ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ހުޅުވާލުމަށް ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ މީހުންނަށް މާލެއަށް އަރައި ފޭބުމުގައި މިވަގުތު ތަހައްމަލުކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރުމުން، އެގޮތަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ލޯންޗު ފެރީ ހިދުމަތްދޭ ފަރާތްތަކުން މިމަހުގެ ދިހަވަނަ ދުވަހުގެ 14:00ގެ ކުރިން mv.com.mtcc@tsd އަށް އީމެއިލް މެދުވެރިކޮށް އަންގައިދިނުން އެދޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ ދެ ޓާމިނަލްގެ ބޭނުންކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށާއި އެ ދެ ޓާމިނަލްގައި އެ ހިދުމަތް ފެށިގެންދާ އިރު، ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ކަންކަން އިންތިޒާމުވެފައި ހުރުމަކީ އެ ކުންފުނިން ކަށަވަރުކުރާނެ ކަމެއް ކަމަށެވެ.

މިހާރު ގިނަ ލޯންޗު ފެރީތައް ބޭނުންކުރަމުން އަންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތި، އެއް ނަމްބަރު ފާލަން ސަރަހައްދެވެ. ގިނަ އަދަދެއްގެ ލޯންޗު އެތަނަށް ކައިރިކުރުމުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ޓްރެފިކް ވެސް ބާރުބޮޑުވެއެވެ. އަދި ބައެއް ވަގުތުތަކުގައި ލޯންޗުތައް ކައިރިކުރުމަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި