ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯތް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މަގުގެ މަސައްކަތްތައް ބާރު ދުވެލީގައިދަނީ ކުރަމުންނެވެ.

އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ އަޑީގެ ނެޓްވޯކްތައް، ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މަގުގެ ފެނާއި ނަރުދަމާގެ ނެޓްވޯކްގެ ޕައިޕްލައިންތައް އައު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މަގުގެ އަޑީގެ ޔުޓިލިޓީ ނެޓްވޯކްގެ މަސައްކަތަކީ، މަގު ހެދުމުގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަސައްކަތްތައް ކުރިއަށްގެންދަނީ، ޔުޓިލިޓީ ކުންފުނިތަކާވެސް ގުޅިގެންނެވެ.

HajjCop_ads
MMA_Ads
Advertisement

މަގުގެ ސައިޑް ވޯކް (ޕޭމަންޓް)އާއި ފެން ހިންދާ ނިޒާމާ ގުޅޭ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން، އެ ސަރަޙައްދުގެ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް 90 މީޓަރު ތަރައްޤީކުރާނެއެވެ. ބަނދަރުގެ ތޮށި 3 މީޓަރަށް ބޭރަށް ޖައްސައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެކެވެ. މި މަސަކަތްތައް ކުރިއަށް ގެންދަނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Boduthakurufaanu magu

މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ކުރިޔަށް ގެންދަނީ މައިގަނޑު ތިން މަޤްޞަދެއް ހާސިލްކުރުމަށް: ރައީސް

WhatsApp Image 2026 06 24 at 17.45.13

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ބުދަ ދުވަހު ފަށަނީ

Screenshot 2026 06 24

އެމްޓީސީސީގެ ޗެއަރޕާރސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނުކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމުމާ ގާތަށް