ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ މާތް ސިފަތަކަށް އިޙްތިރާމްކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ: ރައީސް

Dsc 2122

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ޢަމަލުކުރާ، ދިވެހީންގެ މާތް ސިފަތަކަށް އިޙްތިރާމްކުރާ ބަޔަކަށްވުމުގެ ޢަޒުމު ކަނޑައެޅުމަށް ގޮވާލެއްވިއެވެ. އަދި އެފަދަ ޢަޒުމަކުން ރޫޙާނީ އަދި ނަފްސާނީ ތާހިރުކަން ލިބި، މަސައްކަތްތެރި، މުރާލި، ހުނަރުވެރި އަދި ތަހުޒީބީ މުޖުތަމަޢެއް ބިނާކުރެވޭނެކަމުގައި ވިދާޅުވިއެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދު ދިވެހީންގެ މެދުގައި ޤައުމިއްޔަތުގެ މާނަތައް އަލުން ވަރުގަދަކުރުމަށް ޢިލްމީ ހަމަތަކެއްގެ މައްޗަށް ބިނާކޮށް މަސައްކަތްކުރަން ޖެހިފައިވެއެވެ. މާތްﷲގެ އިރާދަފުޅާއެކު، މި ހަމަތަކުގެ މަތިން ދިވެހި ޤައުމިއްޔަތު އުނގަންނައިދީ، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ދަމަހައްޓައި، ޒަމާނީ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ވިސްނުން އެއްކޮށްގެން ދިވެހީންގެ ތަރިކަ ރައްކާތެރިކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޚާއްޞަކޮށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބެވެ. މިކަމުގެ ސަބަބުން ދިވެހީންގެ އާދަކާދަތަކާއި ސަގާފަތް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިޞްލާޙުވެ، އިންސާނީ ކަރާމާތް މަތިވެރިވެ، އަޚުއްވަތްތެރިކަމާއި އެކުވެރިކަން އާލާވެގެން ދިޔައެވެ.

ދިވެހި ޤައުމިއްޔަތަކީ ހާހަކަށް އަހަރުގެ ތާރީޚެއް އޮތް، ދިވެހީންގެ އެކުވެރި ވިސްނުމުގައި ބިންވަޅު ނެގިފައިވާ ޙަޤީޤަތްތަކެކެވެ. މިއީ ދިވެހީންގެ ދޮށިކަމާއި، އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

452755 e131cce8 c

އަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާގެ ދިވެހި ފޭއްޔެއް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452742 326d5e5a 1

ސަލީމް ލިޔުއްވި ފޮތް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452740 480afb86 8

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

TTH_advertisement