ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯގެ އާ މެނޭޖިން ޑިރެކްޓަރަކަށް ފަރުހަތު

Cwkpsfbxeaafzas
މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ހަމަޖެއްސި ފަރުހަތު ޝަހީރު — ފޮޓޯ: އެމްޑަބްލިޔުއެސްސީ

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އައްޔަންކޮށްފިއެވެ.

މިފްކޯ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ‏މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވުމަށްފަހު އެމްއެންޑީއެފުން ފަރުހަތު ރިޓަޔާކުރެއްވީ 2012 ވަނަ އަހަރުއެވެ. އެމްއެންޑީއެފްގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ފަރުހަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފައެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ އަހުމަދު ޝަމާހު ރަޝީދެވެ. އޭނާ މަގާމުން ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވީ ޑރ. ވިޓާލީ ލިއުބިމޮވް އެވެ. ޔޫކްރެއިނަށް ނިސްބަތްވެވަޑައިގަންނަވާ ވިޓާލީ، މަގާމުން ވަކިކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި