ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އައިޓީބީ ބާލިން 2025 އަކީ ބީ2ބީ ބީ2ސީ އިޝްތިހާރުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް: އެމްއެމްޕީއާރުސީ

1741117636092

ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ އައިޓީބީ ބާލިން 2025 ގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްނެގުމުގައި ރާއްޖެ ތަމްސީލުކުރުން ފެށިއްޖެއެވެ.

މިމަހުގެ 4 އިން 6 އަށް މެސޭ ބާލިންގައި ކުރިއަށްދާ މި ފެއަރގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލުކުރާ 200 މަންދޫބުން ބައިވެރިވެއެވެ. މި ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ މަތީ މަޤާމު ދެމެހެއްޓުމާއި، ޖަރުމަނު ބަހުން ވާހަކަދައްކާ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

އެމްއެމްޕީއާރުސީން ފާހަގަކުރެއްވި ގޮތުގައި، މި ފެއަރގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓުތަކާއި އެހެނިހެން ޤައުމުތަކުގެ ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އޭޖެންޓުންނާއި، މީޑިއާ ވަސީލަތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު ނެޓްވޯކިންގ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސްއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައިފި

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

މެރިން ރިސާރޗް ސެންޓަރެއް ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި

TTH_advertisement