ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން ކަރަންޓް ބިލްކޮށްފައި ވާނީ މީޓަރަށް އަރާ ވަރަށް: ފަހުމީ

ކުރީ ސަރުކާރުތަކުގައި ވެސް ސްޓެލްކޯއިން ކަރަންޓަށް ބިލުކޮށްފައި ހުންނާނީ ރީޑިން ނަގައިގެން މީޓަރަށް އަރާ ވަރަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ގޯސްކޮށް ކަރަންޓް ބިލް ފޮނުވުމަކީ އެއްވެސް ސަރުކާރަކުން ކޮށްއުޅުނު ކަމެއް ނޫން ކަމަށެވެ.

“ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ކުރީގައިވީ ކަންތައްތަކުގެ ވާހަކަ ދައްކަން ހުންނާނެ. ކުރީގެ ސަރުކާރުތަކުން، ކުރީގެ މެނޭޖްމަންޓުތަކުން ގޯސްކޮށް ބިލު ހަދާފައި އޮތިއްޔާ އަޅުގަނޑު އެ ވާހަކަ ދައްކާނަން މިއަދު، ދެއްތޯ. ސިޔާސީ ގޮތުން އެޑްވާންޓޭޖު ވެސް ނެގޭތޯ ބަލާނެ އަޅުގަނޑު. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ކުރީގެ ސަރުކާރަކުން ވެސް މެނޭޖްމަންޓަކުން ވެސް އެއްވެސް ކަސްޓަމަރަކަށް އެއްވެސް އިރެއްގައި ހަގީގަތާ ޚިލާފު ބިލެއް ނުހުންނާނެ އިޝޫކޮށްފައެއް،” ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް، 150 މެގަވޮޓުގެ ސޯލާ، ސްޓެލްކޯގެ ގްރިޑަށް އިތުރު ކުރެވިއްޖެނަމަ، ކޮންމެ ދުވަހެއްގެ ދުވާލު، އަށެއްކަ ގަޑިއިރަށް ސްޓެލްކޯގެ އިންޖީނުތައް ނިއްވާލާފައި ބެހެއްޓޭނެ ކަމަށެވެ. އެއާއެކު ތެލަށް ކުރާ ޚަރަދު ކުޑަވެ، ރައްޔިތުންގެ އަތުން ބިލުކުރާ މިންވަރު ވެސް ކުޑަވާނެ ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ ބޭނުމަކީ އެއީ ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި އަހަރުދުވަހުގެ ތެރޭގައި ސްޓެލްކޯގެ ޚަރަދުގައި، އެ ކުންފުނީގެ ހުރިހާ ކަސްޓަރުންނަށް ސްމާޓް މީޓަރު ހަރުކޮށްދޭންވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި