ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ވިއްސާރައިގައި ގެއްލުންވި 5 ރަށުގެ އެސެސްމަންޓް ދަނީ ހަދަމުން: އެންޑީއެމްއޭ

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު 5 ރަށުގެ އެސެސްމަންޓް މަސައްކަތް ކުރިއަށްދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފިއެވެ.

އެންޑީއެމްއޭެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވި ގޮތުގައި، މާލެ އަތޮޅުގެ 5 ރަށެއްގައި ފެން ބޮޑުވުމުގެ ސަބަބުން ގެތަކަށް ގެއްލުން ލިބިފައިވެއެވެ. މިހާރު ކުރިއަށްދަނީ މި ރަށްތަކުގެ އެސެސްމަންޓް ހެދުމާއި، ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. މި އެސެސްމަންޓްގައި ގޭގޭގެ ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރު އަދި އެހެނިހެން ގެއްލުންތަކުގެ ތަފްޞީލު ހިމެނޭނެއެވެ.

އަސަރުކުރި ރަށްތަކުގައި މީހުން ދިރިއުޅޭ ހުރިހާ ސަރަޙައްދުތަކެއްގައި ފެން ބޮޑުވެފައިވާއިރު، ބައެއް ރަށްތަކުގައި ޖަންކްޝަންތައް ފުރި ނަޖިސް ބޭރުވުމުގެ މައްސަލަތަކާވެސް ކުރިމަތިލާންޖެހުނެވެ.

މާލޭގައި ވިއްސާރައިގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވުނު 4 ގޭގެ 40 މީހުން މިހާރު އާންމު ދިރިއުޅުމަށް އެނބުރި ގޮސްފައިވާކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ. މާލޭގައި ގެއްލުންވި ގެތަކަކީ ފެން ބޮޑުވެ އަޑިން ފެން އަރައިގެން ގެއްލުންވި ގެތަކެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިއްސާރަވާނެކަމަށް ކުރިއާލާ އަންގާފައިވުމާއެކު، މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަޙައްދުތަކުގެ 200 އަށްވުރެ ގިނަ ގޭގައި ވެލި ބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުނެވެ. މިފަދަ ކުރިއާލާ ތައްޔާރުވުމުގެ ސަބަބުން މާލެއަށް ލިބުނު ގެއްލުން ވަނީ މަދުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

moosun

ސަމާލު، ދެކުނަށް މޫސުން ގޯސް

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

moosun

ކަނޑު ދަތުރުތައް މަޑުޖައްސާލުމަށް އިލްތިމާސްކޮށްފި

TTH_advertisement