ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ފްލެޓް ލިސްޓަށް މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

ގެދޮރުވެރިކަމުގެ 4000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ސަރުކާރުން އާންމުކުރެއްވީ ފާއިތުވި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، މިހާތަނަށް ޖުމްލަ 675 ޝަކުވާ ލިބިފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާއާއި، ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާއެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަޖައްސަވާފައިވާއިރު، ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ [email protected] އީމެއިލްއަށް ނުވަތަ ވުޒާރާއަށް ސިޓީއަކުން ހުށަހެޅުއްވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވުޒާރާގެ 4004911 އަދި 4004910 ނަންބަރު ފޯނަށް ގުޅުއްވުމަށް އަންގަވާފައިވެއެވެ.

ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާރު އިޢުލާންކޮށްފައިވާ ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އަދި ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން، އެ ފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން ފަރާތަކަށް ނުދޭނެކޭނެކަމަށްވެސް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުޠު ހަމަވެ ފްލެޓް ލިބޭނީ 1820 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ލިސްޓުން 1423 ފަރާތަކާއި، ދެ ކޮޓަރީގެ ލިސްޓުން 397 ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

ގުޅިފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

gedoru veriya

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

gedoru veriya

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

TTH_advertisement