ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ގައުމުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ “ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް” ގެ ޕެކޭޖް އެކެއްގެ އެއްބަސްވުމުގައި ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް އާއެކު ސޮއިކޮށްފައި ވާކަމަށެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ މިސްޓަރ އިޒާވާ ކަން އެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމުގެ ދަށުން، މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 700,000,000 (ހަތްސަތޭކަ މިލިޔަން) ޖަޕަނީޒް ޔެންގެ މަޝްރޫޢެކެވެ.

487 ދުވަހުގެ ތެރޭގައި ނިންމުމަށް ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް މި މަޝްރޫޢު ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑު ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ހިންގާ މަޝްރޫއަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އިން ވަނީ 10.5 މިލިއަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރަށް ދީފަ އެވެ.

މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

Hulhumale

އަމިއްލަ ގެދޮރު އިމާރާތްކުރަން ދަތިވާ މީހުންނަށް ހާއްސަކޮށްގެން މާލީ އެހީ

Amaan Dhoadhi hulhumale

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން މަސައްކަތް ފަށައިފި

laamu gamu

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި