ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޒާން ކޮމިޓީތަކުން ވަކިކުރީ އާންމު އުސޫލުން: ފަލާހު

Falaa
STO_Ads

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ދެ ކޮމިޓީއަކުން ބަދަލުކުރީ އާންމު އުސޫލުން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން މެންބަރު އަޒާން ވަކިކުރައްވައި، އެހެން މެންބަރުން ކޮމިޓީތަކަށް ހަމަޖައްސަވައިފައެވެ.

އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހަމަޖެއްސިއެވެ. އަޒާންގެ ބަދަލުގައި 241 ކޮމިޓީއަށް ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

Maldivian_Ads

އަޒާން ބަދަލުކުރީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުން މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމަކީ ޕީޖީ ގުރޫޕުތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.

ޕީޖީ ގުރޫޕާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒީރިއަށް ދެއްވާ އަހަންމިއްތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމަށް ބިނާކޮށް، އެކި ކޮމިޓީތަކުގެ މެންބަރުންނަށް ކުރީގެ މަޖިލީސް ދައުރުތަކުގައި ވެސް ބަދަލުގެނެސްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މެންބަރު އަޒާން ވިދާޅުވީ، އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކޮމިޓީން އޭނާ ބޭރުކުރީ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު