ކުއްލި ޚަބަރު

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

އެމްޕީއެލްގެ އޮކްޝަން ޕޯޓަލް މެދުވެރިކޮށް ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާނު ކުރެއްވި ގޮތުގައި، އެ ކުންފުނީގެ އޮކްޝަން ޕޯޓަލް މެދުވެރިކޮށް އައްޑޫ ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވުމުގެ ޚިދުމަތް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ހިތަދޫ ޕޯޓުން ބާއްވާ ނީލަންތައް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ބެލުމާއި، އޭގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ހިތަދޫ ޕޯޓުގެ ނީލަންތަކުގައި އާންމުކޮށް ވިއްކާލެވެނީ މޯޓަރ ވެހިކަލްތަކެވެ.

އެމްޕީއެލްއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އޮކްޝަން ޕޯޓަލްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އިތުރު އެއްވެސް ފީއެއް ނުވަތަ ރަޖިސްޓްރޭޝަނަކާ ނުލައި މި ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަދި އެއް ވަގުތެއްގައި އެކި ނީލަންތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކުޅުދުއްފުށީ ޕޯޓުގެ ނީލަންތަކުގައިވެސް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ ގޮތް ހެދުމަކީ އެމްޕީއެލްގެ ވިސްނުމެއްކަން ވަނީ ހާމަކުރައްވާފައެވެ.

އެމްޕީއެލްގެ އޮކްޝަން ޕޯޓަލަކީ 2022 ވަނަ އަހަރު ތަޢާރަފުކުރެވުނު ޚިދުމަތެކެވެ. މި ޕޯޓަލްގެ މަޤްޞަދަކީ މާލޭ ވިޔަފާރި ބަނދަރަށް ގެނެސް، ދިގު މުއްދަތަކަށް ކްލިއަރ ނުކޮށް ހުންނަ މުދާ ވިއްކާލުމަށް ބާއްވާ ނީލަންތަކުގައި ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

MMA

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިސްމާއިލް ސާޖިދު

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement