ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯންޗުން މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކީ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ނަމޫނާ: މިނިސްޓަރ އިޙްސާން

“ހުވަން” ލޯންޗު އަޑިއަށް ދިއުމުގެ ހާދިސާގައި ފުލުހުން ދެއްކީ ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ މަތިވެރި ނަމޫނާއެއް ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ “ހުވަން” ލޯންޗު އިއްޔެ ހެނދުނު އަޑިއަށް ދިޔުމާ ގުޅިގެން، ލޯންޗުގައި ދަތުރުކުރި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 7:57 ގައި ކަމަށާއި، ވަގުތުން އެ ޚިދުމަތުގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން، ދާޚިލީ ވަޒީރު ޢަލީ އިޙްސާން ފާހަގަކުރެއްވީ ގަދަފަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި، ދިވެހި ފުލުހުން ދެއްކެވީ ހިތްވަރާއި، ކެރުމާއި، ސާބިތުކަން ކަމަށެވެ. އަދި މުއައްސަސާގެ ޒިންމާދާރު ވަޒީރުގެ ހައިސިއްޔަތުން، މި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނަށާއި މުޅި ފުލުހުންގެ މުއައްސަސާއަށް ފަޚުރުވެރިކަމާއެކު ޝުކުރާއި ތަޢުރީފު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވެސް ވަނީ މި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ. ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އެ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް