ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެން ހިއްކުމުގެ މަސައްކަތުގައި އެމް.ޕީ.އެލް ޙަރަކާތްތެރިވެއްޖެ

Glcdomjbaaaglmi

މާލޭގައި ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި އެމް.ޕީ.އެލް ޙަރަކާތްތެރިވެއްޖެއެވެ.

މިއަދު މާލޭގައި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ވެސްޓް ޕާކް އަދި ޕޯޓް ކޮމްޕްލެކްސް ސަރަހައްދުގައި ފެންބޮޑުވުމާ ގުޅިގެން، މި ދެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ވަނީ އިސްނަގައިގެން ބައިވެރިވެފައެވެ.

އެމް.ޕީ.އެލްގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުންފުނީގެ ސޭފްޓީ ޑިޕާޓްމަންޓުގެ މުވައްޒަފުން ވަނީ ވެސްޓް ޕާކް އަދި ޕޯޓް ކޮމްޕްލެކްސް ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެފައި ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމް.ޕީ.އެލްގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު މާލެއަށް ވެހުނު ވާރޭއަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވި ޙާދިސާއެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ. މި ކަމާ ގުޅިގެން ރައްޔިތުންނަށް ވަނީ ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް