ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީން ފެރީ އަދި ބަހުގެ ޚިދުމަތްތަކަށް ބަދަލުތަކެއް

މި ރަމަޟާން މަހަށް އެމްޓީސީސީން ފެރީ އަދި ބަހުގެ ޚިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްޞީލު އެ ކުންފުނިން ހާމަކޮށްފިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަދި 2 އަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. ރޯދަ ވީއްލުމަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ރޭގަނޑު 7:20 ގައި އަލުން ފަށައި، މެންދަމު 12:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.

މާލޭތެރޭގެ އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުތަކުގެ ދަތުރުތައް ފެށޭނީ ހެނދުނު 7:00 ގައެވެ. އިރުއޮއްސި 6:00 އަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، މެންދަމު 12:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.

ފެރީގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ. ވިހި އަތޮޅު ހަ ޒޯނަކަށް ބަހާލައިގެން 68 ރޫޓުން އެމްޓީސީސީގެ ފެރީ ދަތުރުތައް ކުރިއަށްދާއިރު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް އެންމެ އެކަށީގެންވާ ގޮތަށް ދަތުރުތައް ރޭވިފައިވާކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރުހިފޭ، ފަސޭހަކަމާއެކު ބޭނުންކުރެވޭ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ފ ފަސިންޖަރެއް
ރަނގަޅު ވާހަކައެއް 9ޔަކުން ބަސް ހިތަދޫން ނެއްޓީމާ އެހެން ރަށްރަށަށް ވަޒީފާއައް ދާމީހުން ގަޑިއަށް ކިހިނެއްބާ ބަހުގައިދާނީ، އެމް ޓީ ،ސީސީ
އ އޮފީހަށް ބަހުންދާމީހެއް
އައްޑޫ ސިޓީ ހިތަދޫ މަރަދޫ. މަރަދޫފޭދޫ ގައި އުޅޭ އޮފީސްތަކައްދާ މީހުންނަކީ ދިވެހި ރައިޔަތުން ނޫންބާ ރޯދަ މަސްތަކުގައި ގަޑިއައް އޮފީސްތަކަށް ދެވޭ ގޮތައް ބަސް ދަތުރުތައް ނުބާވަނީ؟އެމްޓީސީސީ

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ވިއުގަ އައު ކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި