ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުން އަދިވެސް ގޯސް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓެއް ނެރެފި

މޫސުމާބެހޭ ޤައުމީ މަރުކަޒުން މެދުރާއްޖެތެރެއަށް ޔެލޯ އެލާޓެއް ނެރެފައިވެއެވެ. މިއީ ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވޭތީއެވެ.

މޫސުމާބެހޭ ޤައުމީ މަރުކަޒުގެ މަޢުލޫމާތު ދެއްވާގޮތުގައި، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވެއެވެ.

މި ޔެލޯ އެލާޓު ދެމިއޮންނާނީ މިރޭ 21:00 އިން ފެށިގެން 1:00 އާ ހަމައަށެވެ.

މީގެއިތުރުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓެއްވެސް ނެރެފައިވެއެވެ. މި ސަރަޙައްދުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވެއެވެ.

މިވަގުތު ކުރިމަތިވެފައިވާ ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވެއެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތަކުން ވަނީ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށްދިނުމަށްޓަކައި މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް