ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

373775 3 Af0df4f2d61a85d8ae9b7ab64f6b0b35c7851729 Medium

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ ޝާއިއުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއް ނަމަ އެ ފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޯނު ނަންބަރު 4004911 އަދި 4004910 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ލިސްޓު ސައްހަ ކުރުމުގައި މިނިސްޓްރީން ބަލާފައިވާނީ ދެ ކަމަކަށް ކަމަށެވެ. އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި، ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ވެރިފިކޭޝަންގައި ބަލާފައިވާނީ އެ މީހަކު ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސަރުކާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތުތަކަށެވެ.

ޕޮއިންޓު ދީފައިވަނީ ރަނގަޅަށްތޯ ބެލުމުގައި ބަލާފައިވާނީ އެމީހަކު ދީފައިވާ މައުލޫމާތުގެ މައްޗަށް ކަމަށާއި މި ލިސްޓު ނެރުމާއެކު އެއްވެސް މައްސަލައެއް ފާހަގަ ނުވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ ހަފުތާގައި ގޯތި ދޫކުރާ އުސޫލު އާންމުކުރާނަން: ރައީސް

ގުޅިފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

gedoru veriya

ކުރިން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް ގެދޮރުވެރިޔާ ސްކީމުން ވެސް ފްލެޓް

gedoru veriya

75 ޕޮއިންޓް ލިބި 3 ކޮޓަރި ނުލިބޭ ފަރާތްތަކަށް 2 ކޮޓަރީގެ ފްލެޓް ލިބޭ ގޮތް ހަދަނީ

TTH_advertisement