ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިކުރީ ބިނާކުރުމުގެ ތެރެއިން ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން މުހިއްމު: ރައީސް

STO_Ads
TTH_Ads

ފިކުރީ ބިނާކުރުމުގެ ތެރެއިން ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން މުހިއްމު ކަމަށައި ސަރުކާރުން ސަލްޓަން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތާ ޙަވާލުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި މި ތަން ތަރައްޤީވެގެން ދާނީ މާލޭގައި މިހާރު ނެތް ބޯލިންގ ފަދަ އާ ކުޅިވަރުތައް ކުޅެވޭނެ ތަނެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އިއްޒުއްދީން ފާލަން މަރާމާތުކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ފާލަމަކީ މާލޭގެ މަލަމައްޗަށް ވަރަށް ރީތިކަމެއް ގެނެސްދޭ ފާލަމެއް ކަމަށެވެ. އަދި ކުރިން ހުރި ފާލަން ހަލާކުވެގެން ދިޔުމުން، މިހާރު ހެދިގެން ދިޔަ މި ފާލަމަކީ ޤައުމީ ތަރައްޤީގެ ސިޔާސަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ފާލަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ތަރައްޤީ މި މާނަކުރަނީ ވަށާޖެހޭ ތަރައްޤީއެއްގެ ގޮތުގައެވެ. އުމްރާނީ ބިނާކުރުންތަކާއެކު ފިކުރީ ބިނާކުރުން ހިމެނޭ ވަށާޖެހޭ ތަރައްޤީއެކެވެ. ފިކުރީ ބިނާކުރުމުގެ ތެރޭގައި ތިމާގެ ސިކުނޑީގައި، ވިސްނުމުގައި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށެވެ. މި ފާލަމުން އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި، ރާއްޖޭގެ މާޒީ އަދި މުސްތަޤުބަލް އިރާދަކުރެއްވިއްޔާ ރަމްޒުކޮށްދެއެވެ – ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

HajjCop_ads

ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ދާނީ ޤައުމު މިހާރުގެ ބަވަނަވެފައިވާ ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަމަށެވެ. އަދި އެއާއެކު ކުރިއަށްދާއިރުވެސް ރާއްޖޭގެ އައިޑެންޓިޓީ ނުގެއްލޭ ގޮތަށް ވަށާޖެހޭ، ސިކުނޑި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ތަރައްޤީވަމުންދާކަން މި ފާލަމުން ރަމްޒުކޮށްދޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަދި މި ތަނަކީ ހުރިހާ ރައްޔިތުންވެސް ފަޚުރުވެރިވާ ވަރުގެ ތަނަކަށް ވާން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ ހަވީރު ގަޑީގައި ބޭރަށް ނުކުމެ އުޅޭއިރުވެސް ބޭނުންހިފޭނެ ތަނަކަށް މިތަން ވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާމަކީވެސް ކުޑަކުދިންނަށް ޚާއްޞަކޮށް، ޢާއިލާތަކަށް ހިތްގައިމު ތަނަކަށް ގެނެސްދޭނެ ތަނަށްވާތީ، މި މަންޒިލަކީ ތޮއްޖެހިފައިވާ މި މާލޭގައި މީހުން ނުކުމެ ހިތްގައިމު ވަގުތުކޮޅެއް ހޭދަކުރެވޭނެ ތަނަކަށްވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އަދި މިތަނުން ހިނގާލާފައި މާ ދުރުނޫން ހިސާބެއްގައި މއްގައި މި އޮތީ ސަލްޓަން ޕާކް. އެތަނުގެ ޙާލަތުވެސް ހުރީ މި އިއްޒުއްދީން ފާލަން ހުޅުވުމާ ހަމައަށް، އޭގެ ކުރިން، އެތަން ބަންދުކުރުމާ ހަމައަށް ހުރި ޙާލަތުގައި. މިދިޔަ ދެތިން އަހަރު، ޚާއްޞަކޮށް އެއްވެސް ވަރަކަށް، އަޅުގަނޑު މޭޔަރަކަށް ހުރިއިރުވެސް ކަންތައްތައް ބޭނުންވަރަށް ނުކުރެވި، އޭގެ ފަހުން މީގެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެއްގޮތަކަށްވެސް ނުބެލެހެއްޓި ދިޔައީ.

ސަރުކާރުން މިހާރު ސަލްޓަން ޕާކް ތަރައްޤީކުރުމަށް ޙަވާލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި އިއްޒުއްދީން ފާލަމުގައި ދައްކުވައިދޭ ރަމްޒު، މީގެން މި ދޭހަކޮށްދޭ ކަންކަން، ސަލްޓަން ޕާކް އަލުން ތަރައްޤީވެގެން އަންނައިރުގައި ފެނިގެންދާނެ

މި ސަރުކާރުން އެތަން ތަރައްޤީކުރާނީ ހަމަ ދިވެހިންގެ ދިވެހިވަންތަކަމާއި، ރާއްޖޭގެ ތާރީޚު އެތަނުން، މިހާރު ބަވަނަވެފައިވާ ދުނިޔޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެންނަށް، ހިތްހަމަޖެހިގެން ޝައުޤުވެރިކަމާއެކު ދަސްވާނެ ގޮތަށް ބައްޓަންކުރެވިގެންދާނެ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންނާއި ޢާއިލާތަކުން ހިތްގައިމުކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ އިތުރު ފީޗަރތައް އިތުރުކުރެވިގެންދާނެ. އޭގެ އިތުރުންވެސް ބޯލިންގ ފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި، ތަންތަންވެސް އިތުރުކުރެވިގެންދާނެ. އަދި އިތުރު ފީޗަރތައް ހިމެނޭނެ,- ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް މި އޮތް ހަތް މަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކް ތަރައްޤީވެގެންދާއިރު، މި ހިސާބަކީ މާލޭގެ ރައްޔިތުން ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ، އެންމެ ގިނަ ކަންކަން ހިމެނޭ އެންމެ ބޮޑު ސަރަޙައްދަށް ވާނެ ކަމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

361291 3b8f31e3 7

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލާޝިޕް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

459159 2f5aaab5 9

ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

raees muiz

21 ދުވަހުގެ ތެރޭގައި ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދެއްކިއްޖެ: ރައީސް

Raees muiz

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލް އިމާރާތްކުރަން ނިންމައިފި