ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ގެމަނަފުށީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސްފި، މަސްވެރިންނަށް ލުއިފަސޭހަތަކެއް

7388

ގއ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ 50 ޓަނުގެ އައު އައިސް ޕްލާންޓު މަސައްކަތް ނިންމައި، މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.

މިއައިސް ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓެކެވެ.

ގ.އ ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓަކީ އިންޑިއާގެ އެގްޒިމް ބޭންކްގް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްޤީކޮށްފައި އައިސް ޕްލާންޓެކެވެ. މިއައިސް ޕްލާންޓުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާއި ރައިނެކް ކުންފުނިންނެވެ.

އެ ރަށުގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފައްދާ، 100 ޓަނުގެ އައިސް ރައްކާކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓެކެވެ.

މިއައިސް ޕްލާންޓުގެ މަސައްކަތް ނިންމައި، މިތަން ހިންގަން ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ގޮތުން ގ.އ ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އަދި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގެމަނަފުށީގައި ގާއިމްކުރި އައިސް ޕްލާންޓު އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ. އަދި އައިސްޕްލާންޓުގެ އޮޕަރޭޝަން ފައްޓަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަން އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

TTH_advertisement ELL Mobile Advertisement