ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ގޯލްޑް ކާޑު 5 މިލިއަން ޑޮލަރަށް ވިއްކާނަން: ޓްރަމްޕް

އެމެރިކާ އެކްސްޓްރާއޯޑިނަރީ ރެސިޑެންސް ޕްރޮގްރާމް (އޭ.އީ.އާރް.ޕީ) ގެ ދަށުން، އެ ޤައުމުގެ ރަށްވެހިކަން 5 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން، ރައީސް ޓްރަމްޕް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން “ގޯލްޑް ކާޑު” ގެ ނަމުގައި ޚާއްޞަ ކާޑެއް ތަޢާރަފުކުރެވޭނެ ވޭނެ ކަމަށެވެ. މި ކާޑު ގަންނަ ފަރާތްތަކަށް، މިހާރު އެމެރިކާގެ ދާއިމީ ރަށްވެހިކަން ދިނުމަށް ދޫކުރާ “ގްރީން ކާޑު” އިން ލިބޭ އެންމެހައި ޚިދުމަތްތައް ލިބޭނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށާއި، އޭގެ ފަހުން ޝަރުޠު ހަމަވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް ރައީސް ޓްރަމްޕް ހާމަކުރެއްވިއެވެ.

ރަޝިޔާގެ ރައްޔިތުންނަށްވެސް މި ފުރުޞަތު ލިބޭނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ރައްޔިތުންނަކީ ރަނގަޅަށް ދެނެވަޑައިގަނެވަޑައިގަންނަވާ، އަދި ރަނގަޅު ބައެއް ކަމަށާއި، އެހެންކަމުން އެ ޤައުމުގެ ރައްޔިތުންނަށްވެސް މި ފުރުޞަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.

މި އައު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވޭނެ ކަމަށް ވައިޓް ހައުސްއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި