ކުއްލި ޚަބަރު

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރާ ބިލް މަޖިލިހުން ފާސްކޮށްފި

ފަނޑިޔާރު ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑްކޮށްފި

ރައީސްގެ ވައުދު ތަންފީޒުކުރަން 10 ޕަސެންޓްގެ ޑިސްކައުންޓް ސްޓެލްކޯގެ ކަރަންޓް ބިލްތަކުން ދެނީ

ސ2

އަންނަ ރޯދަ މަހުގެ ކަރަންޓު ބިލް ތައްޔާރުކުރާނީ ވަކި ބިލެއްގެ ގޮތުގައި ކަމަށާއި އެ ބިލުން މަދުވެގެން ދިހަ ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޚާއްސަ ޑިސްކައުންޓެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ، މި މަހުގެ ބިލް ދީފައިވާނީ ވިހި ވަނަ ދުވަހު ކަމަށާއި ނަމަވެސް މި މަހު އަދި އެހެން ބިލެއް ކަސްޓަމަރުންނަށް ދާނެ ކަމަށެވެ. އެއީ ވިހި ވަނަ ދުވަހުން 27 ވަނަ ދުވަހަށް ހަދާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލް އެ ގޮތަށް ހަދަނީ ރޯދަ މަހަށް ހާއްސަކޮށް ވަކި ބިލެއް ހެދުމަށް ކަމަށާއި ނަމަވެސް މި މަހުގައި ދެން ދޭ ބިލަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އެހެން ބިލްތަކަށްވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލް ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން. ދެން އަންނަ މަހެއްގެ މުސާރަ ލިބުމުން އެ ބިލަށް ބާޑަން އަކަށް ނުވާ ގޮތަށް ފައިސާ ދެއްކޭނެ،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގު ކަމަށެވެ. އަދި ކޮންމެ ބިލަކުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

“މިހެން ހެދީމާ ބައެއް ކަސްޓަމަރުންގެ ބިލްތައް ވަރަށް ކުޑަވެގެންދާނެ،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މާލޭ ސަރަހައްދުގައި ހުރި 70،000 ވުރެ ގޭބިސީން ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނުކުމެ ކުރާނެ ކަމަށެވެ.

މިދިޔަ ރޯދަ މަހުވެސް ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދީފައެވެ. އެގޮތުން އެ ދެ ބިލުން ވަނީ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ.

ގުޅުންހުރި

Wq

އާރުޓީއެލް ފެރީ ސްޓޮޕްތައް ލޯކަލް ގަވާމެންޓް މިނިސްޓްރީއާ ހަވާލު ކޮށްފި

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރާ ބިލް މަޖިލިހުން ފާސްކޮށްފި

Kulhikhabaru Ver Final 2024

ފަނޑިޔާރު ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑްކޮށްފި

Mulhi Raajje