ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރ. އަތޮޅު ކައުސިލް އިދާރާއަށް ސިހުރު ހެދި ދެ މީހަކު ހައްޔަރުކޮށްފި

54

ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުންކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، (61އ) އާއި އެ ރަށު ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67އ)އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ފުލުހުންނަށް ރިޕޯޓްކުރާ މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޅުދުއްފުށި ސިޓީގައި ވެސް ސިހުރުގެ އޮޕަރޭޝަނެއް ހިންގައި އަށް ގެއަކުން ދާދިފަހުން ވަނީ ކަމާ ގުޅޭ ތަކެތި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

H Huswwinq
Eydhafushi gai meege 15 meehun ebathibi

ގުޅުންހުރި

baarah-haa alifu

ފުލުހުންގެ އޮޕަރޭޝަނެއްގައި ބާރަށުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި