ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ މަހު ކަރަންޓް ކަނޑާލަން ނުޖެހޭވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރަނީ

Stelco

ރޯދަ މަހު ކަރަންޓް ކަނޑާލަން ނުޖެހޭވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި 17 މެގަވޮޓްގެ ކަރަންޓް އުފެއްދޭ އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމުމުން ޑިމާންޑާ އެއްވަރަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަރަންޓުގެ ޚިދުމަތްދޭ އެއްވެސް ކަސްޓަމަރަކަށް ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން، ނުވަތަ އިންޖީނުގެ ހާލަތު ދަށްވެގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،” ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދުގެ އިތުުރުން އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެ އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން އއ. ވ. އަދި ކ. އަތޮޅުގެ ހުރާ ނޫން ހުރިހާ ރަށަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި