ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ މެމްބަރ ސައުދު ބަލިކޮށް ހުސައިން އެމްޑީޕީ ގައުމީ މަޖިލީހަށް

Capture 33

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސްކަމަށް ޙުސައިން ޙަސަން އިންތިޚާބުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސްކަމަށް މިއަދު ބޭއްވުނު ބައި-އިލެކްޝަނުގައި ތަޖުރިބާކާރު ނޫސްވެރިޔާ ޙުސައިން ޙަސަން ވަނީ ކާމިޔާބު ހޯއްދަވާފައެވެ. މި މަޤާމަށް ކުރިމަތިލެއްވި ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސައުދު ޙުސައިންއާ ވާދަކޮށް، ޙުސައިން ޙަސަން ވަނީ 192 ވޯޓު ހޯއްދަވާފައެވެ. އަދި ސައުދު ޙުސައިންއަށް ލިބިވަޑައިގެންފައިވަނީ 172 ވޯޓެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދެވިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ފޮށިތައް ބެހެއްޓިފައިވަނީ ވިލިނގިލީގައި އަދި މާލޭގައެވެ.

ޙުސައިން ޙަސަންއަކީ ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ މީޑިއާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިހާރު އަމިއްލަ ނޫހެއް ހިންގަވަމުން ގެންދަވާ ފަރާތެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު