ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 14 ކިލޯގެ ޑްރަގާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު، އާހިޔާ، އުމުރުން 23 އަހަރުގެ މަރްޔަމް ޒީނާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެ އަންހެން މީހާ ހައްޔަރުކުރީ އޭނާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. އެ އެ އެޕާޓްމަންޓުން 14 ކިލޯއަށްވުރެ ގިނަ ޑްރަގް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދިނީ 15 ދުވަހެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.