ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

6 ރަށެއްގައި އިމާރާތްކުރާ މިސްކިތްތަކުގެ ކުރެހުން ދައްކާލައިފި

Whatsapp Image 2025 02 19 At 05.34.03

ރާއްޖޭގެ ހަ ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ މިސްކިތްތަކެއްގެ ކުރެހުންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކާއި ހިއްސާކުރައްވައިފިއެވެ.

އެ ކުރެހުންތަކާއެކު ވަޒީރު ވިދާޅުވެފައިވަނީ އެއީ މި އަހަރުގެ ތެރޭގައި އިމާރާތް ކުރެވޭ މިސްކިތްތައް ކަމަށެވެ.

”މިސްކިތްތައް ނިމޭއިރު ސޯލާއާއި އޭސީވެސް ހަރު ކުރެވި، ނެވިލޯންވެސް އަޅާނެ، މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައިވެސް ޤުރުޢާން ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމާއެކު“ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ. މަޝްރޫޢޫތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.

މި މިސްކިތްތައް ބިނާކުރަން ނިންމާފައިވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް، ތ. ވޭމަންޑޫ އެވެ.

އެ ކުރެހުންތަކަކީ މި ފަހުން ޑިޒައިންކޮށްފައިވާ ކުރެހުންތަކެކެވެ. ކުރަހާފައިވަނީ ރިޔަން ކުންފުނިންނެވެ. މިއީ ރާއްޖޭގެ ތާރީޚާއި ސަގާފަތާއި މާޙައުލާއި ގުޅޭގޮތަށް ޑިޒައިން ކުރެވިފައިވާ މިސްކިތްތަކެކެވެ.

މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން އަދި 700 މީހުންނަށް ނަމާދު ކުރެވޭނެ ތިން ސައިޒެއްގެ މިސްކިތްތައް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mosque , miskih, khuthuba

ރަމަޟާންމަހުގެ މިހާތަނަށް ވަނީ ފަނަރަ މިސްކިތް ހުޅުވިފައި: ޝަހީމް

ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި

dr.shaheem

2026 ނިމޭއިރު މާލޭ ސަރަހައްދުގައި ބާ އެއްވެސް މިސްކިތެއް ނުހުންނާނެ: ޑރ.ޝަހީމް

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ: ޝަހީމް