ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ހަވާލުކޮށްފި

411421 3 Efda36bdf72a746e7f3cb87bb2e46bc3f7beb572 Large

ހުޅުމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ސެންޓަރެއް ހަދަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގައި އެ މަސައްކަތް ހަވާލުކުރީ މެޑްޓެކް އަދި މެޑިކޮމްއާ އެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލު ހިންގާ މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އެއްބަސްވުމުގައި މެޑްޓެކްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު ހައިކަލްއެވެ. އަދި މެޑިކޮމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ހަވާލުކުރީ 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އަޅަން ކަމަށެވެ.

މެޑިކަލް ސާމާނު ގިނަ އަދަދަކަށް ރާއްޖެ ގެންނަ މެޑްޓެކް ކުންފުންޏާ އެ މަސައްކަތް ހަވާލުރީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ޑައިލެސިސްގެ ހިދުމަތް ލިބެއެވެ. ނަމަވެސް އެ ތަނުގައި ޑައިލެސިސް ހަދަން ބޭނުންކުރަނީ އެންމެ 10 އެނދު ކަމަށްވާތީ ބައެއް ފަރާތްތަކުން ޑައިލެސިސް ހަދަން މާލެ ދާން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ