ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ޙައްޖުވެރިންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ ޝައިޚު މުޠީޢު

Download 2 4

މިއަހަރު ޙައްޖުވެރިންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ ޝައިޚު މުޠީޢުއެވެ. އަދި މުތީޢު މިހާރު ހުންނެވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބުގެ މަޤާމުގައިއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކުވެސް ރާޢްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ ޙައްޖުވެރިންނަށް ޚާއްސަކޮށްގެން އިސް ޝައިޚަކު ހަމަޖައްސަވައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ 1446 ވަނަ އަހަރު ޙައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބު ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލްކަމަށެވެ.

ފަޟީލަތުއްޝައިޚު މުޠީޢު އަކީ ސަޢުދީޢަރަބިއްޔާގެ ޤާސިމް ޔުނިވަރސިޓީން އިސްލާމީ ޝަރިޔާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އިސް ޝައިޚްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންގެ މަސްއޫލިއްުޔަތުތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަމުގައި އެކި ދަރުސްތައް ހައްޖުވެރިންނަށް ދިނުމާއި ދީނީ އެކި މަޢޫލޫމާތުތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޙައްޖު ދުވަހު އަރަފާތު ބިމުގައި ތިބޭއިރު ޙައްޖު ޚުތުބާ ދިވެހި ބަހުން ގެނެސްދެނީވެސް އިސް ޝައިޚުއެވެ.

މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ އިސް ޝައިޚަކަށް ވަޑައިގަތީ ޝައިޚު ޑރ. އާދަމް ޝަމީމުއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ 1000 ކޯޓާ ލިބޭއިރު މިހާރު ވަނީ ޙައްޖުގެ ކަަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަހަރު ޙައްޖަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ހައްޖު ދަޢުވަތު ވަނީ ފޮނުވަން ފަށާފައެވެ. މީގެ އިތުރުން ހައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކާއި ސަޢުދީޢަރަބިއްޔާއާއެކު މަޝްވަރާތައްވެސް ވަނީ ކުރަން ފަށާފައެވެ. އާންމުގޮތެއްގައި ޙައްޖު ކޯޕަރޭޝަނުން ޙައްޖުވެރިން ސަޢުދީ އެއަލައިންގައި ގެންދިޔަނަމަވެސް މިއަހަރު މޯލްޑިވިއަންގެ ފްލައިޓްގައި ޙައްޖުވެރިންގެ %50 އުފުލުމަށް ވަނީ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ