ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ރަސްފަންނު ރީތި ކުރުމަށް ފަހު ދެން އެ ތަން ވީރާނާވާން ދޫނުކޮށްލާން: މޭޔަރު އާޒިމް

Wswwww

ރަސްފަންނު މަރާމާތު ކުރުމަށް ފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީ މާލެ ސިޓީ ކައުންސިލް އިދާރާއިން ކަމަށް މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، އީގަލްސް ކޮމިއުނިޓީން-އެންމެން އެކުގައި ސާފްކުރުމުގެ ހަރަކާތް ފެށުމުގެ ކރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ ވިދާޅުވީ، މަސައްކަތް ފަށާތާ ދެ ތިން މަސް ދުވހުގެ ތެރޭގައި، ރަސްފަންނުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

“އެކަމުގެ އުފާވެރި ޚަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާ ލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން” މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ، ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައި ކަމަށާއި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ، މި ހަފްތާގެ ތެރޭގައި އެ ތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށެވެ.

ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން، އެ ކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާޠިލްކޮށްފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ، ސީދާ މާލެ ސިޓީ ކައުންސިލުންކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

112

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

112

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްތައް މާލޭގައި އިންދަނީ

Whatsapp image 2025 07 21 at 02.56.42

ސިޓީ ޕާކްގެ މަސައްކަތް ކުރިއަށްދާގޮތް މޭޔަރު ބައްލަވާލައްވައިފި

TTH_advertisement