ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

މާލޭ ސިޓީ ކައުންސިލުން ބާވެފައިވާ ގުރުއާނާއި ދީނީ ލިޔެކިޔުންތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ނައްތާލުމުގެ ޚިދުމަތް ފަށައިފި

093511 Mal City Council Male City Council Copy

މާލޭ ސިޓީ ކައުންސިލުން ބާވެފައިވާ ގުރުއާނާއި ދީނީ ލިޔެކިޔުންތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ނައްތާލުމުގެ ޚިދުމަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އާންމުންގެ އަތުގައި ހުރި ބާވެފައިވާ ގުރުއާނާއި މުސްހަފުތަކާއި އެހެނިހެން ދީނީ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނައްތާލުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން އަހަރަކު ދެ ފަހަރު މިފަދަ ތަކެތި ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ފުރަތަމަ ބުރުގައި، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، ފަލަސްތީން ހިނގުމުގައި ހުންނަ ކައުންސިލުގެ ވޭސްޓް ސެކްޝަނުގައި މި ތަކެތި ބަލައިގަންނާނެއެވެ.

ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ޝަފީއު ވިދާޅުވި ގޮތުގައި، މިގޮތަށް ބަލައިގަންނަ ތަކެތި ނައްތާލެވޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ދޫނިދޫގައި ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

މިއީ މާލޭ ސިޓީ ކައުންސިލުން ދެވަނަ ފަހަރަށް މި ޚިދުމަތް ފޯރުކޮށްދިނުމެވެ. މިދިޔަ އަހަރުވެސް މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނެޝަނަލް ޕޮލިސީ އޮން އޭޖިން” އިފްތިތާހްކޮށްފި

420166 98146565 e

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައިފި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

TTH_advertisement