ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްފަންނާއި ސަލްޓަން ޕާކުގެ ކުރީގެ ރީތިކަމާއި އާރޯކަން އަލުން އިޔާދަކުރައްވާނެ

Large Thumb 1739540434273
TTH_Ads
STO_Ads
Advertisement

މާލޭގެ ރަސްފަންނާއި ސަލްޓަން ޕާކުގެ ކުރީގެރީތިކަމާއި އާރޯކަން އަލުން އިޔާދަކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ވާހަކަފުޅު ދެއްކެވީ އިޖްތިމާޢީ މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރަސްފަންނާއި ސަލްޓަން ޕާކަކީ މީހުން ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދޭ ދެ މުހިންމު ތަނެވެ. އެހެންނަމަވެސް، މި ދެ ތަން ވަނީ މިހާރު ވީރާނާވަމުންނެވެ.

 

HajjCop_ads
Advertisement

މި ޙާލަތު ރަގަޅު ކުރުމަށްޓަކައި، ރައީސް ވަނީ މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށާއި، ކުރިއަށްވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ރަސްފަންނާއި ސަލްޓަން ޕާކަކީ ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ތަރައްޤީކުރެއްވި ތަންތަނެވެ. ނަމަވެސް، އެކަށީގެންވާ މަރާމާތާއި ބެލެހެއްޓުމުގެ އުނިކަމުގެ ސަބަބުން މި ދެ ތަން ވަނީ ބޮޑުތަން ހަލާކުވެފައެވެ. މިސާލެއްގެ ގޮތުން، ސަލްޓަން ޕާކުގެ ފެންއަރުވާ ވަޑާމާއި ސިޑިތައް ވަނީ ބޮޑުތަން ގެއްލުންވެފައެވެ. އަދި ރަސްފަންނުގައި އިށީނދެ އުޅުމަށް ބެހެއްޓިފައިވާ އަށިތައްވެސް ވަނީ ވީރާނާވެ ހަލާކުވެފައެވެ.

މި ދެ ތަނަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުން ހަވީރު ވަގުތުތަކުގައި މުނިފޫހިފިލުވުމަށް ޒިޔާރަތްކުރާ ތަންތަން ކަމުގައިވުމާއެކު، މި ތަންތަނުގެ ޙާލަތު ރަނގަޅުކުރުމަކީ ގިނަ ބައެއްގެ އެދުމެކެވެ. ރައީސްގެ މި އިޢުލާނާއެކު، މި ދެ ތަނުގެ ކުރީގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ގިނަ ބައެއްގެ އުންމީދު ބޮޑުވެފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ފ ފާއިޒް
ތިކަން އަވަސް ކުރައްވަވާ
ް ްއަލީ
މި ދެ ތަނަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުގެ ހިންހަމަޖެހުމާއި ގުޅިފައިވާ ތަނެއްކަން ޔަގީން
އ އީނާޒް
މާލޭގެ ރަސްފަންނާއި ސަލްޓަން ޕާކުގެ ކުރީގެރީތިކަމާއި އާރޯކަން އަލުން އިޔާދަކުރައްވާނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޮވޭ ވެވޭނެ ދުވަހެއްގެ އިންތިޒާރުގައި މިތިބީ ރައީސް

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި