ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖާއި އުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

Large 173329248819u3kv
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަކީލް
ހައްޖު ކޯޕަރޭޝަނުން ހައްޖާއި އުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަކީލެވެ.

ޝަކީލް ވިދާޅުވި ގޮތުގައި، މި ދަފްތަރު އެކުލަވާލުމުގެ މަޤްޞަދަކީ ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމެވެ. މިހާރު ވަނީ ޙައްޖު އަދި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.ކޯޕަރޭޝަނުން ބުނާ ގޮތުގައި، މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދެއެވެ. ދަފްތަރު އެކުލަވާލުމަށްފަހު، ކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންނެވެ.

ދަފްތަރުގައި ހިމެނުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި ޑޮކްޓަރުން، މެޑިކަލް އޮފިސަރުން، ޖެނެރަލް ޕްރެކްޓިޝަނަރުން، ފިޒިޝަނުން، ކާޑިއޮލޮޖިސްޓުން، ނެފްރޮލޮޖިސްޓުން އަދި ނިއުރޮލޮޖިސްޓުން ހިމެނެއެވެ.

ޝަރުޠުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި، އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން، އަދި ސިއްހީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން ހިމެނެއެވެ. އަދި މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުންވެސް ހިމެނެއެވެ.

މި އިސްނެގުމަކީ ދިވެހި ޙާޖީންނަށް އިތުރު ރައްކާތެރިކަމާއި ފަސޭހަކަން ގެނެސްދީ ކަށަވަރު ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތުގެ މުހިއްމުފެށުމެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ