ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

Mezzo

ރާއްޖޭގެ މަޝަހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 59 އަހަރުގައި މެޒޯ މުހައްމަދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައެވެ.

މެޒޯ މުހައްމަދުގެ ދަރިފުޅު މީރާ މުހައްމަދު މާޖިދަކީ ވެސް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔެކެވެ.

“މެޒޯ” ބޭންޑަކީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދި ބޭންޑެކެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން އޭނާ އަކީ ކުޅަދާނަ ހުނަރުވެރި މިޔުޒީޝަނެއް ވެސްމެއެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، އެމްޓީވީގައި އެންމެ ފުރަތަމަ ދިވެހި ލަވައަކަށް ދެއްކީ ވެސް މެޒޯ ބޭންޑުގެ “ވިސްނާ ވިސްނާ” ލަވަކަން ފާހަގަކޮށްލެވެއެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ