ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕޮލްކޯގެ ލިޔުންތައް ގެއްލިއްޖެ

332

ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސާވައަށް ދިމާވި މައްސަލައެއްގެ ސަބަބުން މުހިންމު ގިނަ ލިޔެކިޔުންތަކެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ނިޔާޒީ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އޮޑިޓާ ޖެނެރަލް މިއަދު އެ ކޮމިޓީއަށް ހާޒިރުކުރީ ‘ބްލޫސް ހައުސިން ޕްރޮޖެކްޓު’ގެ ނަމުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ޚާއްސަކޮށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ފާހަގަކޮށް އޮޑިޓް ރިޕޯޓެއް ނެރެފައިވާތީއެވެ.

އެ މައްސަލާގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އެ މަޝްރޫގައި ނުގަވާއިދުން ކޮށްފައިވާ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެ މަޝްރޫއުގެ ކަންކަން ބިޑުކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތް ގޮތް ބަލަން އެ އޮފީހުން މަސައްކަތް ކުރި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ލިޔުމެއް މިހާރު ނެތް ކަމަށް ޕޮލްކޯގެ މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.

“އެ ބޭފުޅުން ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައަކުން. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެނަށް ބިޑު ކުރުމާއި އިވޭލުއޭޓްކުރުމުގެ ކަންތައް ގޮސްފައި އޮތް ގޮތެއް އެންމެ ރަނގަޅަކަށް ނެތް ސާފުވާކަށް،” ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓްކުރި ފަހުން ބައެއް ލިޔުންތައް ފުލުހުން ހިއްސާކުރި ނަމަވެސް އެ ލިޔުންތަކުން ވެސް އެކަން ހިނގިގޮތް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ވެސް އޮޑިޓް އޮފީހުން ލަފާދިނެވެ. ނަމަވެސް އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަނީ އަމިއްލަ އިސްނެގުމަށެވެ.

އޭސީސީން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ހިންގައި ނިންމުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

Mal

ސައީދުގެ ޒައާމަތުގައި އޮޅުވާލައިގެން ބާ ޖަނެރޭޓަރުތަކެއް ގަނެ 17.4 މިލިއަންގެ ބޮޑު ޚިޔާނާތެއް!

1508998150

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮޑިޓް އޮފީހުން އަންގައިފި

ކުރީ ސަރުކާރުން ޔޫމެޓަށް 23 މިލިއަން ރުފިޔާ ދިނީ ކިހިނެއް؟

TTH_advertisement