ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ދިވެހިރާއްޖެއިން ދެކޭ

Afp 20240318 34lp7bb V3 Highres Topshotpalestinianisraelgazaconflict 1710788845

ދިވެހިރާއްޖެއިން އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބަސްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ފަލަސްތީނުގެ ދައުލަތް ސައުދީ އަރަބިއާގައި ޤާއިމްކުރުމަށް ނަތަންޔާހޫ ހުށަހެޅި ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ، އަދި ސައުދީ އަރަބިއާގެ މިނިވަންކަމަށާއި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއްކަމުގައި ދިވެހި ސަރުކާރުން ދެކެއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ނަތަންޔާހޫގެ މި ބަސްތަކަކީ އދ. ގެ ޗާޓަރާ ޚިލާފު، އަދި ސައުދީ އަރަބިއާގެ މިނިވަންކަމަށް ނުރައްކާވާފަދަ ވާހަކަތަކެއް ކަމަށެވެ. މިފަދަ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ބަލައިނުގަންނާނެކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފަލަސްތީނު ރައްޔިތުންގެ ސުލްޙަވެރިކަމަށް ނުރައްކާވާފަދަ ނަތަންޔާހޫގެ ބަސްތަކާ މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހިރާއްޖެއިން ގޮވާލައިފައިވެއެވެ. އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ދިވެހިރާއްޖެއިން ދެކޭކަމާއި، ފަލަސްތީނުގެ މިނިވަންކަމަށާއި އެ ޤައުމުގައި ރައްޔިތުންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ