ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ޒަމާނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމައިފި

396624 3 A66350758bb2cb145818c0b08aef35d41f629b36 Medium

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވާ ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާ އެއްހަމައެއްގައި ހުރި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ޑިޖިޓަލް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވުނު “ރިޔާސީ ބަޔާން 2025 ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، މި އައު ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ރައްކާތެރިކަމާއި ޒަމާނީކަން އެކުލެވޭ ވަސީލަތެއް ކަމުގައެވެ.

މި ކާޑުގެ މުހިންމު ސިފަތަކުގެ ތެރޭގައި:

1. ކާޑު ވެރިފަރާތުގެ ހުއްދައާ ނުލައި އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަން
2. ކާޑުގެ މަޢުލޫމާތަށް އެކްސެސްވާ ކޮންމެ ފަހަރަކު އެކަން ކާޑު ވެރިފަރާތަށް އެންގޭނެކަން
3. ކާޑުގެ މަޢުލޫމާތު ބޭނުންކުރި ފަރާތާއި ބޭނުންކުރި ސަބަބު ދެނެގަނެވޭނެކަން

މިނިސްޓަރު އިތުރަށް ވިދާޅުވީ، “މި ކާޑަކީ ކާޑު ވެރިފަރާތުގެ ރުހުމާއެކު އެކަނި ބޭނުންކުރެވޭނެ އެއްޗެއް. އަދި ކޮންމެ މުޢާމަލާތެއްގައިވެސް ކާޑު ވެރިފަރާތުގެ ހުއްދަ ބޭނުންވާނެ” ކަމަށެވެ.

މި އިޢުލާނު ކުރެވިފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ސިސްޓަމަށް ނުރަނގަޅު ގޮތުގައި އެކްސެސްވެފައިވާކަމުގެ ޚަބަރު ފެތުރި، އެކަމާ ގުޅިގެން މިނިސްޓަރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. ޑީއެންއާރަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެކެވެ.

މި އައު ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފުކުރުމަކީ، ރައްޔިތުންގެ އަމިއްލަ މަޢުލޫމާތުގެ ރައްކާތެރިކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީފާސްގެ އައު ވަރޝަނެއް ތާއާރަފްކުރަނީ، ދެލައްކައަށްވުރެ ގިނަ މީހުން އީފާސް ބޭނުންކުރޭ

uk

އިނގިރޭސިވިލާތުގައި ހުކުމްކުރި މީހާއަށް ދިވެހި ޕާސްޕޯޓު ދޫކޮށްފައެއް ނުވޭ: މިނިސްޓްރީ

“ހޯޕް އައިލެންޑް” ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

Glll9t4bkaazwhq

ބިދޭސީންގެ ފީތަކުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހޯދައިފި

TTH_advertisement