ކުއްލި ޚަބަރު

ދުބާއީ އާއި ސިންގަޕޫރަށްވުމަށް މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭ: ނާޒިމް

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

މޯލްޑިވިއަނުން ދެވަނަ އެއާބަސް ކުއްޔަށް ނަގަން އިއުލާނުކޮށްފި

Maldiv

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އޭ330-200 މަރުކާގެ ދެވަނަ މަތިންދާބޯޓެއް ކުއްޔަށް ނަގަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިދިޔަ މަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއާބަސް އޭ-330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އެ ބޯޓެއް ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ވަނީ ދަތުރުތައް ފަށައިފައެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ކުރި އިއުލާނެއްގައި ބުނީ، އެއާބަސް އޭ-330 މަރުކައިގެ ބޯޓެއް ކުއްޔަށް ނަގަން ބޭނުންވަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އަދި ކުއްޔަށް ނަގަން ބޭނުންވަނީ އޮޕަރޭޓިން ލީސް އުސޫލުން ކަމަށް އެ އިއުލާނުގައިވެއެވެ.

އިއުލާނުގައިވާގޮތުން އެ ބޯޓްގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސް ކެބިން ހުންނަން ޖެހެއެވެ. އަދި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ޖެހޭނެއެވެ.

ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު ގެނެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ދެވެން ފަށާނެ ކަމަށް ރައީސް ޑރ. މ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

ކުއާލަ ލަންޕޫރަށް މޯލްޑިވިއަނުން ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފި

maldivian

އައްޑޫ އާއި ފުވައްމުލަކާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

TTH_advertisement