ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޑީކޭގެ ޔޮޓެއްގައި ރޯވެ އަޑިއަށް، އެކަކަށް ފަރުވާދެނީ

Ws
އަލިފާންރޯވެ އަޑިއަށް ދިޔަ ނަވައިމާ ޔޮޓު–

އޭޑީކޭ ގުރޫޕްގެ ލަގްޒަރީ ބޮޑު ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރީތިރަށް ރިސޯޓު ކައިރިން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ “ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ވަގުތު އޭގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެ ޔޮޓު ވަނީ އަޑިއަށް ގޮސްފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ރަނގަޅު ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭޑީކޭގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި