ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތް ފަށައިފި

ޓްރަމްޕް ބޭނުންވަނީ ފަލަސްތީނުގެ މީހުން ނެރުމަށްފަހު ޣައްޒާ ހިފައި އަލުން ތަރައްޤީކުރަން

Screenshot 2025 02 05 093049

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ފަލަސްތީނުގެ މީހުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިގައި ވީރާނާވެފައިވާ ޣައްޒާ ސަރަޙައްދު އެމެރިކާއިން ހިފައި، “ދުނިޔޭގެ މީހުން” އެތަނުގައި ދިރިއުޅޭނެ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރަން ބޭނުންވާ ކަމަށެވެ.

ޓްރަމްޕް މި ސިހުންދޭފަދަ ޕްލޭން ހާމަކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނެތަންޔާހޫ ވަނީ އަންގާރަ ދުވަހު ދެ ޤައުމުގެ ބައްދަލުވުމަކަށް ވައިޓް ހައުސްއަށް ޒިޔާރަތްކުރައްވާފައެވެ.

މުޅި ދުވަހު، ޓްރަމްޕް ވަނީ ފަލަސްތީނުގެ މީހުން “ޣައްޒާއިން ނުކުތުމަށް ވަރަށް އެދޭނެ” ކަމަށް ހުށަހަޅުއްވައި، އޭނާ ނަސްލީ ސާފުކުރުމުގެ ކެމްޕޭނަކަށް ތާއީދުކުރައްވާނެކަމުގެ ބިރު އުފައްދަވާފައެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ހަމާސްއިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޕްލޭންތަކަކީ “ސަރަޙައްދުގައި ހަމަނުޖެހުމާއި ގޮންޖެހުންތައް އުފެއްދުމުގެ ނުސްޚާއެއް” ކަމަށެވެ. “ޣައްޒާ ސްޓްރިޕްގައި ތިބި އަޅުގަނޑުމެންގެ މީހުން މި ޕްލޭންތައް ކުރިއަށް ގެންދިއުމަކަށް ހުއްދައެއް ނުދޭނެ” ކަމަށް ހަމާސްއިން ވިދާޅުވިއެވެ.

ނެތަންޔާހޫގެ ޒިޔާރަތާ ދެކޮޅަށް ވޮޝިންގްޓަން ޑީސީގައި މުޒާހަރާކުރި ބަޔަކު ވަނީ ޓްރަމްޕް “ހަނގުރާމައިގެ ކުށްވެރިއެއް” ވައިޓް ހައުސްއަށް ގެންނެވި ކަމަށް ބުނެ ފާޑުކިޔާފައެވެ.

އިސްރާއީލުން ޣައްޒާއަށް ކުރި ހަނގުރާމައިގައި 61,700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން އިޞްލާޙުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. މި އޮފީހުން ބުނާ ގޮތުގައި ގެއްލިފައިވާ ހާހުން މީހުން މިހާރު ބެލެވެނީ މަރުވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ އިސްނެގުމުގައި ކުރި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ަ ަައަލީ
ޓުރަމްޕް އުފެއްދި ފާރާތުން ތިތަން ހިމާޔްށް ކުރައްވަވާނެ
މ މޫސާ
އެމެރިކާ ދޮވެގެން ދާނީ
އ އިލްހާމް
ޓުރަމްޕް ބޭނުން ގޮތަކަށް ތިކަމެއްނުދާނެ . މާތްކަން ލިބިގެންވާ ބިމެއްތީ

ގުޅުންހުރި

112

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

112

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސްގައި 15 ކޯޓްރޫމް ހުންނާނެ: ޑީޖޭއޭ

ހެނބަދޫ އައު މިސްކިތުގެ ބިންގާ އަޅުއްވައިފި

TTH_advertisement ELL Mobile Advertisement