ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ނިމިދިޔަ މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަ: ފުލުހުން

338958 3 50c2afc2345131709b7afd02430c319949370950 Medium

ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މި މުއްދަތުގައި ފުލުހުންނަށް ޖުމްލަ 980 މައްސަލަ ހުށަހެޅިފައިވާއިރު، މީގެ ތެރެއިން 273 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ މަދުވެފައެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 1199 މައްސަލަ ހުށަހެޅިފައިވާއިރު، މި އަހަރު އެ އަދަދު ވަނީ 980 އަށް ދަށްވެފައެވެ.

ވައްކަމުގެ މައްސަލަތަކަށް ފަހު، އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މި ގިންތީގައި 231 މައްސަލަ ހުށަހެޅިފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެވެ.

ކުށްކުރުން މަދުކުރުމަށްޓަކައރުމަށްޓަކައި، ފުލުހުން ދަނީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާއި ކައުންސިލްތަކާ ގުޅިގެން އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. ޚާއްޞަކޮށް ވައްކަމުގެ މައްސަލަތައް މަދުކުރުމަށް، ގޭގެއަށް ޒިޔާރަތްކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.

މީގެއިތުރުން، މާލޭ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެވި، އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި