ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖެއިން ޤާއިމްކުރަނީ

DCIM100GOPROG0982281.

ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖެއިން ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެކްރޮސް މޯލްޑިވްސް ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ ދެ ފިޔަވަސަކަށް ބަހާލައިގެންނެވެ.

އޯޝަން ސިކްސް ފިފްޓީ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާޙްކުރުމުގެ ރަސްމީއްޔާތު ހުޅުމާލެ ބީޗް ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. އެކްރޮސް މޯލްޑިވްސް ހަރަކާތުގެ ތެރެއިން ދެ ރެކޯޑެއް ހެދުމަށް މަސައްކަތް ކުރާނެއެވެ. މި ރަސްމީއްޔާތުގެ ތެރެއިން ފީނުމުގެ ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ތަޢާރަފްކޮށްދީފައިވެއެވެ. އަދި މި ހަރަކާތްތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ވަނީ ތަޢާރަފްކޮށްދީފައެވެ.

މި ހަރަކާތުގެ ތެރެއިން ފުރަތަމަ ރެކޯޑު އަންނަ ބުދަ ދުވަހު ހަދާނެއެވެ. އެ ރެކޯޑަކީ ހުޅުމާލެ އާއި ހުޅެލެ ވަށައިގެން 17 ކިލޯމީޓަރު ފީނައިގެން ހެދުމަށް މަސައްކަތް ކުރާ ރެކޯޑެކެވެ. ދުނިޔޭގެ އެންމެ ދިގު “ސިންގަލް އޯޕަން ވޯޓަރ ޑައިވް” ގެ ރެކޯޑު ހެދުމަށް މަސައްކަތް ކުރަނީ 6 ގަޑިއިރަށް ވުރެ ދިގު ނުވާ ގޮތަށް ކަމަށް މި ހަރަކާތް އިންތިޒާމުކުރާ އޯޝަން ސިކްސް ފިފްޓީއިން ބުނެެއެވެ. އަދި މިހާރު ހަރަކާތައް ތައްޔާރުވަމުންދާ ކަމަށް އޯޝަން ސިކްސް ފިފްޓީން ވަނީ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިދުރީސް
ކިތައްމެ ފަހަރަކުވެސް ތިރެކޯޑް ހަދާފި ރާެއްޖޭގައި

ގުޅުންހުރި

Maldivian tourist arrival

މިއަހަރުގެ ފުރަތަމަ 11 ދުވަހު 79،000 އަށްވުރެ ގިނަ ފަތުރުވެރިން

Sh. Funadhoo

ފުނަދޫ ދަށްފަޅުގައި 100 އެދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަނީ

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

TTH_advertisement