ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވައިފި

Giow8x3bcaaxrbt

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

އަރޓިފިޝަލް ބީޗުން ފެށި މިހިނގާލުމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެ ޕާޓީގެ އިސްވެރިންނާއި އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެމްޑީޕީއަށް ތާޢީދުކުރާ ޢާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ.

ހިނގާލުން އިންތިޒާމްކުރީ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހިގެންކަމަށް އެމްޑީޕީން ބުނެއެވެ.

މިއީ ވޭތުވެދިޔަ 15 އަހަރުތެރޭގައި ވެރިކަންކުރާ ސިޓީގައި އިދިކޮޅު ފާޓީއަކަށް ސުލްހަވެރި ހިގާލުމަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއިއެކު ލިބިގެންދިޔަ އެއް ހިގާލުމެކެވެ. މިހިނގާލުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް، ހިނގާލުމަށް ހުރަސް އަޅައި ޚިޔާލު ފާޅުކުރުމަށް އޮތް ފުރުސަތު ހަނިކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މިހިނގާލުން ކުރިއަށްދިޔަ ވަގުތު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ ގޮތުން ފުލުހުންވަނީ ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ފ ފާއިޒް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދުވަސް ދިޔައީ މީހުން ނާދޭދޯ
ަ ަސާދާ
ހާދަ ބަޔަކުނެތޭ ތިތާގައި

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު